ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2 ވަނަ ދައުރަށް މެންބަރުން ޢައްޔަންކުރައްވައިފި

29/11/2015

ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިއަދު މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުންނަކީ، އަލްފާޟިލް ޙަސަން ޒުހައިރު މުޙައްމަދާއި، އަލްފާޟިލް ނަޞްރުﷲ ޖަމީލާއި، އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތާއި، އަލްފާޟިލާ އާމިނަތު ފަރީޝާ އާއި، އަލްއުސްތާޛާ ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރެވެ.