ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސް ހަމަޖެއްސެވުން

29/11/2015

ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 2 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން، މިއަދު ބޭއްވި ޖަލްސާގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަޤާމަށް މެންބަރުން ވަނީ ހަމަޖައްސާފައެވެ. މިގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް، އަލްފާޟިލް ނަޞްރުﷲ ޖަމީލް، ނަލަމަލަ/ލ.މާވަށް، އަދި ނައިބު ރައީސާ ކަމުގެ މަޤާމަށް، އަލްއުސްތާޛާ ފާޠިމަތު މިންހަތު އިއްޒަތު، މއ. ޕެންޒީވިލާ/މާލެ، ވަނީ ހަމަޖެހިފައެވެ.