ޓެކްސް އެޕީލް ޓްރައިބިއުނަލުން ބާއްވާ ޓެކުހުގެ މައްސަލަތައް އިސްތިއުނާފު ކުރުމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

29/4/2016

ނޭޝަނަލް ސެންޓަރ ފޯރ އިންފޮމެޝަން ޓެކްނޮލޮޖީ އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީއާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުން ބާއްވާ ޓެކުހުގެ މައްސަލަތައް އިސްތިއުނާފު ކުރުމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގެ ސެޝަނެއް 27 އޭޕްރިލް 2016 ދުވަހުގެ ރޭ ސ.ހުޅުދޫ، އަދި މީދޫގައި ބޭއްވުނެވެ. އަދި 28 އޭޕްރިލް 2016 ވާ ބުރާސްފަތި ދުވަހުގެ ރޭ ސ.މަރަދޫފޭދޫގައި ސެޝަނެއް ބޭއްވުމަށް ވަނީ ހަމޖެހިފައެވެ. މީގެ އިތުރުން ޓެކުހުގެ މައްސަލަތައް އިސްތިއުނާފު ކުރުމާ ބެހޭގޮތުން ބައްވާ އިތުރު ސެޝަންތަކެއް 30 އޭޕްރިލް 2016 ދުވަހުގެ ރޭ، އަދި 1 މެއި 2016 ވާ އާދީއްތަ ދުވަހު ހެނދުނު ޏ.ފުވައްމުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ