ޓެކްސް އެޕީލް ޓްރައިބިއުނަލުން ބާއްވާ ޓެކުހުގެ މައްސަލަތައް އިސްތިއުނާފުކުރުމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ 04 ވަނަ ސެޝަން ބާއްވައިފި

14/7/2018

ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުން ބާއްވާ ޓެކުހުގެ މައްސަލަތައް އިސްތިއުނާފުކުރުމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ 04 ވަނަ ސެޝަން 13 ޖުލައި 2018 ވި ހުކުރު ދުވަހުގެ ރޭ ކ.މާފުށީގައި ބޭއްވުނެވެ. މި ސެޝަންގައި ޓްރައިބިއުނަލްގެ ފަރާތުން ބައިވެރިވެލެއްވީ ސީނިއަރ އައިޓީ އޮފިސަރ އަޙްމަދު ބައްސާމު މުޙައްމަދު އަދި އެސިސްޓަންޓް ޓްރައިބިއުނަލް އޮފިސަރުންކަމުގައިވާ ޢާއިޝަތު ޢަބްދުﷲ ޙަމީދު އާއި ޢައިޝަތު ޝާނީ މުޙައްމަދުއެވެ.

މި ސެޝަންގައި ޓްރައިބިއުނަލްގެ މަސްޢޫލިއްޔަތު ތަކާއި، އިސްތިއުނާފް ކުރުމުގެ މަރުހަލާ ކުރިއަށްގެންދާ ގޮތުގެ ތަފްސީލް މަޢުލޫމާތު މި ސެޝަންގެ ބައިވެރިންނަށް ފޯރުކޮށްދެވުނެވެ.