އިސްތިއުނާފުކުރުމުގެ މުއްދަތު ގުނުމާބެހޭ – 3

4/7/2020

05 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާފައިވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމަށް ލިބިދޭ 30 ދުވަހުގެ މުއްދަތު ގުނުމުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާގުޅިގެން 19 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން ވޭތުވެދިޔަ މުއްދަތު ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަ އިސްތިއުނާފުކުރުމުގައި ނުގުނާގޮތަށް އޮތްއޮތުން ނިމުމަކަށްއައިސް، 05 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމުގައި މުއްދަތު ގުނުމަށް ޢާންމުކޮށް ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް މުއްދަތު ގުނަން ފެށޭނެއެވެ.

އަދި މި މުއްދަތުގައި ޓްރައިބިއުނަލްގެ މަސައްކަތް ކުރިއަށްގެންދާނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އަޑުއެހުންތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ އުޞޫލާ އެއްގޮތަށެވެ.

13 ޛުލްޤައިދާ 1441

04 ޖުލައި 2020