(ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 13:00 އަށް) އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 މެންދުރު 14:00

އާންމު ކޮށް ހުށަހެޅޭ ސުވާލާ ޖަވާބު

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލުން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ލިބިގެންވާ މިނިވަން މުޢައްސަސާއެކެވެ.

ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރަންވާނީ ޢާންމުކޮށް އިޢުލާންކޮށްގެން ޓްރައިބިއުނަލްގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހާ ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބަޔެކެވެ.

ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.

ޓްރައިބިއުނަލްއަށް ޢައްޔަންކުރެވޭ މެންބަރަކު އެމަޤާމުގައި ދެމިހުންނާނީ 5 އަހަރުދުވަހުގެ މުއްދަތަށެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަން ނުވަތަ މިރާއިން ނިންމާ ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ކޮންމެ ނިންމުމެއް އިސްތިއުނާފުކުރުމަށް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ބެލުން. ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 31 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުގެ ލިޔެކިޔުން ހޯދުމަށް މީރާއިން އެފަރާތަށް އަންގާ އެންގުމަށް އިއުތިރާޒުކޮށް، ހުށަހަޅާ މައްސަލަތައް ބެލުން. ދައުލަތަށް ލިބެންޖެހޭ ޓެކުހެއް ތިންވަނަ ފަރާތަކުން […]

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގައި މި ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ޓެކްސް ދައްކާ ފަރާތަކުން މީރާއަށް ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ހުށަހަޅަންޖެހޭނެއެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ލިސްޓް “އިސްތިއުނާފުކުރުމަށް ހުށަހަޅާ ފޯމް” ގައި ބަޔާންކޮށްފައިވާނެއެވެ.

އިސްތިއުނާފުކުރުމަށް ހުށަހަޅާ ފޯމް

ފޯމްތައް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ވެބްސައިޓް އިން އަދި  ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ފެށިގެން މެންދުރުފަހު 14:00 އަށް.

14 ދުވަހުގެ ތެރޭގައިއެވެ.

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މައްދާގެ (ރ) ގައި މާއްދާގެ (ހ) ގެ ދަށުން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލުން އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ގޮތެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ގަވާއިދު ނަންބަރު 2012/R-25 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު) ގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓްރައިބިއުނަލްގެ އަޑުއެހުންތައް ކުރިޔަށް ގެންދާނީ އާންމުކޮށް ހުޅުވާނުލައެވެ. ނަމަވެސް ޓްރައިބިއުނަލްގެ އަޑުއެހުމަކަށް އެހެން ފަރާތެއް ވެއްދުމަކީ މުހިއްމު ކަމެއްކަމަށް ރިޔާސަތަށް ފެނިއްޖެނަމަ އަޑުއެހުން ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމުގެ އިޚްތިޔާރު ރިޔާސަތަށް ލިބިގެންވެއެވެ.

“މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް އެދޭ ފޯމް” ޓްރައިބިއުނަލަށް ހުށަހެޅުމުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ޓްރައިބިއުނަލުން އެފަރާތަކަށް ދޫކުރާނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ވެބްސައިޓް އިން ނިންމުންތައް ލިބެން ހުންނާނެއެވެ.

ޓްރައިބިއުނަލަށް ޙާޟިރުވުމަށް އަންގާފައިވަނިކޮށް ޙާޟިރުވެވެން ނެތް މަޤުބޫލު ސަބަބެއް މެދުވެރިވެއްޖެނަމަ އެކަން ޓްރައިބިއުނަލްއަށް ޙާޟިރުވުމުގެ އަމުރުގައި ޙާޟިރުވުމަށް އަންގާފައިވާ ގަޑި ޖެހުމުގެ، 2 ގަޑިއުރު ކުރިން ޓްރައިބިއުނަލްއަށް ލިޔުމަކުން އަންގަންވާނެއެވެ.

ޓްރައިބިއުނަލްގައި މައްސަލައެއް ހިނގަމުންދަނިކޮށް ކުއްލި ކަމެއް މެދުވެރިވެ ރަށުން ބޭރަށް ދާންޖެހިއްޖެނަމަ، ދާންވާނީ ޓްރައިބިއުނަލަށް އެކަން ލިޔުމަކުން އެންގުމަށްފަހު ޓްރައިބިއުނަލްގެ ހުއްދަ ލިބުމުންނެވެ.

ގަވާއިދު ނަންބަރު 2012/R-25 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު) ގެ 38 ވަނަ މާއްދާގެ (ހ) ގައި، ޓްރައިބިއުނަލްގެ އަޑުއެހުމެއްގައި ބައިވެރިވާ ފަރާތަކުން ޓްރައިބިއުނަލްގެ މެންބަރަކަށް ނުވަތަ އަޑުއެހުމުގައި ބައިވެރިވާ އެހެން ފަރާތަކަށް ހަޑިހުތުރުބަހުން މުޢާމަލާތްކުރުން ނުވަތަ ގަސްދުގައި އަޑުއެހުން މެދުކަނޑާލުމަށް މަސައްކަތްކުރުން، ނުވަތަ ޓްރައިބިއުނަލްގެ ޙުރުމަތް ކެނޑޭފަދަ އެހެން ޢަމަލެ ކުރުން އެއީ ކުށެއްކަމުގައި ބަޔާންކޮށްފައި ވެއެވެ.

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 55 ވަނަ މައްދާގެ (ހ) ގެ ދަށުން، ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިންމާފައިވަނީ، ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންކަމަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު މީރާއަށާއި ޓެކްސް ދައްކާ ފަރާތަށް ލިބިގެންވެއެވެ.