(ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 13:00 އަށް) އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 މެންދުރު 14:00

ފަހުގެ ޚަބަރު

މައްސަލަ ހުށަހަޅާ

މައްސަލައިގެ ރިޕޯޓް

އާންމު ސުވާލާއި ޖަވާބު

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލުން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ލިބިގެންވާ މިނިވަން މުޢައްސަސާއެކެވެ.

ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރަންވާނީ ޢާންމުކޮށް އިޢުލާންކޮށްގެން ޓްރައިބިއުނަލްގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހާ ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބަޔެކެވެ.

ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.

ޓްރައިބިއުނަލްއަށް ޢައްޔަންކުރެވޭ މެންބަރަކު އެމަޤާމުގައި ދެމިހުންނާނީ 5 އަހަރުދުވަހުގެ މުއްދަތަށެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަން ނުވަތަ މިރާއިން ނިންމާ ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ކޮންމެ ނިންމުމެއް އިސްތިއުނާފުކުރުމަށް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ބެލުން. ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 31 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުގެ ލިޔެކިޔުން ހޯދުމަށް މީރާއިން އެފަރާތަށް އަންގާ އެންގުމަށް އިއުތިރާޒުކޮށް، ހުށަހަޅާ މައްސަލަތައް ބެލުން. ދައުލަތަށް ލިބެންޖެހޭ ޓެކުހެއް ތިންވަނަ ފަރާތަކުން […]

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގައި މި ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ޓެކްސް ދައްކާ ފަރާތަކުން މީރާއަށް ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އިތުރު ސުވާލާއި ޖަވާބު

ނޫސް ބަޔާން

ޑައުންލޯޑްސް