ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ތިންވަނަ ދައުރުގެ ނައިބު ރައީސާ އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތު 7 ޑިސެންބަރު 2020 ވަނަ ދުވަހުން މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާތީ، މި ޓްރައިބިއުނަލްގެ ތިންވަނަ ދައުރުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ޓްރައިބިއުނަލްގެ މެންބަރު އަލްފާޟިލް ޙުސައިން ޒައިދާން ޖަލީލު މިއަދު އިންތިހާބުކުރައްވައިފިއެވެ.