(ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 13:00 އަށް) އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 މެންދުރު 14:00

ނޯޓިސް ބޯޑު

ޓްރައިބިއުނަލުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ފޯމު ހުށަހެޅުމާ ގުޅޭގޮތުން

ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި ހުށަހަޅާ ފޯމު، އެ ނިންމުމެއް ނިންމި ކޯޓު ނުވަތަ ޓްރައިބިއުނަލަށް އިދާރީގޮތުން ހުށަހަޅަންޖެހޭގޮތަށް އޮތް އޮތުން ނިމުމަކަށް އައިސްފައިވާކަން، ދިވެހިރާއްޖޭގެ ހައިކޯޓުން މި ޓްރައިބިއުނަލަށް ކަށަވަރުކޮށްދެއްވާފައިވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި ހުށަހަޅާ ފޯމުތައް މި ޓްރައިބިއުނަލުން ބަލައިގަތުން ހުއްޓާލާފައިވާ ކަމުގައި ދެންނެވީމެވެ. 23 ނޮވެންބަރު […]

November 23, 2022

ދުރުން އަޑުއެހުންތައް ކުރިއަށްގެންދިއުމާގުޅޭ ގޮތުން

ޓެކްސް އެޕީލް ޓްރައިބިއުނަލުން 15 ޖޫން 2020 ގައި ނެރެފައިވާ “ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އަޑުއެހުންތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ އުސޫލު” އަދި “ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަސައްކަތްކުރާނެ ގޮތުގެ އުސޫލު” އަދި ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) އަށް ހަވާލާދީ ދަންނަވަމެވެ. ޤަރާރު ނަންބަރު 2022/3 (މިނިސްޓްރީ އޮފް ހެލްތުގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އިއުލާނުކުރާ ޤަރާރު) ގެ ދަށުން ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި […]

March 23, 2022

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާ އިސްތިއުނާފީ މައްސަލަތަކުގެ ސުންގަޑިބެލުމާގުޅޭ

ދިވެހިރާއްޖޭގެ ހައިކޯޓުން 1 ޖުލައި 2021 ގައި ނިންމައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޫސާ ނަސީމް ޤަޟިއްޔާގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކުގައި، އިސްތިއުނާފީ މުއްދަތު ގުނަންވާނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށް ކަނޑައަޅުއްވައިފައިވެއެވެ. މި ޓްރައިބިއުނަލަށް އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއްގެ އިސްތިއުނާފީ މުއްދަތު ހަމަވާ ދުވަސް ރަސްމީ ބަންދު ދުވަހަކާ ބައްދަލުވާނަމަ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ […]

November 4, 2021

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙު ތަޞްދީޤުކުރުމާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ މައްސަލަތަކުގެ އިޖުރާއަތުތައް ބަދަލުވުން.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ މައްސަލަތަކުގައި އިސްތިއުނާފުކުރާ ފަރާތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ވަނީ ބަދަލުވެފައެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާ (ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން) ގެ ދަށުން މީރާއަށް ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ނިންމުން ނިންމާތާ […]

December 17, 2020

އިސްތިއުނާފުކުރުމުގެ މުއްދަތު ގުނުމާބެހޭ – 3

05 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާފައިވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމަށް ލިބިދޭ 30 ދުވަހުގެ މުއްދަތު ގުނުމުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާގުޅިގެން 19 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން ވޭތުވެދިޔަ މުއްދަތު ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަ އިސްތިއުނާފުކުރުމުގައި ނުގުނާގޮތަށް އޮތްއޮތުން ނިމުމަކަށްއައިސް، 05 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމުގައި […]

July 4, 2020

އިސްތިއުނާފުކުރުމުގެ މުއްދަތު ގުނުމާބެހޭ – 2

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު، 14 ޖޫން 2020 ވަނަ ދުވަހުން ފެށިގެން 18 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާފައިވީނަމަވެސް، އަދިވެސް ރައްޔިތުން ހާޒިރުވެގެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ހުޅުވާލެވިފައިނުވާތީ، މި ޓްރައިބިއުނަލްގެ ފުރަތަމަ އެންގުމުގައިވެސް ބަޔާންކޮށްފައިވާ ގޮތުގެމަތިން، މި ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމަށް ލިބިދޭ 30 ދުވަހުގެ މުއްދަތު ގުނުމުގައި، މިހާރު ސަރުކާރު ހުޅުވާ ދުވަސްތައްވެސް ނުހިމެނޭނެ ވާހަކަ ދަންނަވަމެވެ. އަދި މި ޓްރައިބިއުނަލުން އެހެން ގޮތަކަށް […]

June 14, 2020

އިސްތިއުނާފުކުރުމުގެ މުއްދަތު ގުނުމާބެހޭ

31 މޭ 2020 ވަނަ ދުވަހުން ފެށިގެން 11 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު 3 ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާފައިވީނަމަވެސް، އެ މުއްދަތުގައި ރައްޔިތުން ހާޒިރުވެގެން ދޭންޖެހޭ ޚިދުމަތްތައް ނުދިނުމަށް ނިންމާފައިވާތީ، މި ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމަށް ލިބިދޭ 30 ދުވަހުގެ މުއްދަތު ގުނުމުގައި، މިހާރު ސަރުކާރު ހުޅުވާ ދުވަސްތައް ނުހިމެނޭނެ ވާހަކަ ދަންނަވަމެވެ

May 31, 2020

1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި

މި ހިނގާ 1441 ވަނަ އަހަރުގެ ރަމަޟާންމަހު މި ޓްރައިބިއުނަލްގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ

April 26, 2020

ޓެކްސް އެޕީލް ޓްރައިބިއުނަލުން ބާއްވާ ޓެކުހުގެ މައްސަލަތައް އިސްތިއުނާފުކުރުމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ 03 ވަނަ ސެޝަން ފަށައިފި

ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުން ބާއްވާ ޓެކުހުގެ މައްސަލަތައް އިސްތިއުނާފުކުރުމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ 03 ވަނަ ސެޝަން 01 ޑިސެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ ރޭ ކ.މާފުށީގައި ބޭއްވުނެވެ. މި ސެޝަންގައި ޓްރައިބިއުނަލްގެ ފަރާތުން ބައިވެރިވެލެއްވީ ޓްރައިބިއުނަލްގެ ނާއިބު ރައީސާ އަލްއުސްތާޛާ ފާޠިމަތު މިންހަތު އިއްޒަތު، ސީނިއަރ ލީގަލް އޮފިސަރ ފާޠިމަތު ސަމާ، ސީނިއަރ އައިޓީ އޮފިސަރ އަޙްމަދު ބައްސާމް […]

January 12, 2016

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސް ހަމަޖެއްސެވުން

ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 2 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން، މިއަދު ބޭއްވި ޖަލްސާގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަޤާމަށް މެންބަރުން ވަނީ ހަމަޖައްސާފައެވެ. މިގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް، އަލްފާޟިލް ނަޞްރުﷲ ޖަމީލް، ނަލަމަލަ/ލ.މާވަށް، އަދި ނައިބު ރައީސާ ކަމުގެ މަޤާމަށް، އަލްއުސްތާޛާ ފާޠިމަތު މިންހަތު އިއްޒަތު، […]

November 29, 2015

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2 ވަނަ ދައުރަށް މެންބަރުން ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިއަދު މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުންނަކީ، އަލްފާޟިލް ޙަސަން ޒުހައިރު މުޙައްމަދާއި، އަލްފާޟިލް ނަޞްރުﷲ ޖަމީލާއި، އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތާއި، އަލްފާޟިލާ އާމިނަތު ފަރީޝާ އާއި، އަލްއުސްތާޛާ ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރެވެ.

މައްސަލަ ހުށަހަޅާ

މައްސަލައިގެ ރިޕޯޓް