4 ފެބުރުވަރީ 2024 ގައި ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2024/4 ދެންނެވުން “ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖެއްސުން” އާ ޙަވާލާދީ ދަންނަވަމެވެ.

1445 ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅުއްވާފައިވާތީ އަދި ފިޠުރު ޢީދުގެ މުނާސަބަތާ ގުޅިގެންވެސް ސަރުކާރު ބަންދު ދުވަސްތައް ހިމެނޭތީ، 30 މާރިޗު ވަނަ ދުވަހުން ފެށިގެން 13 އެޕްރީލް ވަނަ ދުވަހުގެ ނިޔަލަށް މި ޓްރައިބިއުނަލް ބަންދުވާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މި ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅުމުގެ ސުންގަޑި ނުވަތަ މިނޫންވެސް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ ދަށުން ވަކިކަމެއް ކުރުމަށް އޮންނަ ސުންގަޑި، ބައްދަލުވަނީ އިސްވެބަޔާންކުރެވުނު މުއްދަތުގެ ތެރެއިން ދުވަހަކަށް ކަމުގައިވަނީނަމަ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 1-99 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އެ އިސްތިއުނާފު ހުށަހަޅަންޖެހޭ ނުވަތަ ކަމެއް ކުރަންޖެހޭ ސުންގަޑި ކަމުގައިވާނީ، މި ބަންދުދުވަސްތަކާ ވިދިގެން އަންނަ ރަސްމީ މަސައްކަތު ދުވަސް ކަމަށް، މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

26 މާރިޗު 2024