(ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 13:00 އަށް) އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 މެންދުރު 14:00

ނޯޓިސް ބޯޑު

ޓްރައިބިއުނަލް ރިސެސް އަށް ދިއުމާގުޅޭ

2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ޓްރައިބިއުނަލް ރިސެސްއަށް ދިއުމަށް  މެންބަރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. ރިސެސްގެ މުއްދަތުގައި، ކޮންމެހެން ބާއްވަންޖެހޭ އަޑުއެހުމެއްކަމަށް މައްސަލައިގެ ބެންޗަށް ފެންނަ އަޑުއެހުންތައް މެނުވީ އެއްވެސް އަޑުއެހުމެއް ނުބާއްވާނެއެވެ. ނަމަވެސް މި މުއްދަތުގައި ޓްރައިބިއުނަލަށް މައްސަލަ ބަލައިގަތުމާއި، އަމުރު ނެރުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ވާހަކަ ދަންނަވަމެވެ.   23 ޑިސެންބަރު 2021

December 23, 2021

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ‘ލޯގޯ’ އިފްތިތާޙްކޮށް އައު ބަދަލުތަކާއެކު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ވެބްސައިޓް އާންމުކޮށްފި

07 ފެބުރުވަރީ 2021 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ‘ލޯގޯ’ އިފްތިތާޙުކޮށް ރަސްމީ އައު ވެބްސައިޓް އާންމުކޮށްފިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ލޯގޯ އަކީ، ޓްރައިބިއުނަލްގެ ލޯގޯ ފަރުމާކުރުމަށް މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބޭއްވި މުބާރާތުން އެއްވަނައަށް ހޮވިފައިވާ ލޯގޯ އެވެ. މި ލޯގޯ ފަރުމާކޮށްފައިވާ ފަރާތަކީ ބ. އޭދަފުށި އައިމާން ހަބީބެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އައު ވެބްސައިޓްވެސް 07 ފެބުރުވަރީ 2021 ގައި ވަނީ އާންމުކޮށްފައެވެ. ވެބްސައިޓުން ލިބެން ހުރި އައު ޚިދުމަތްތަކުގެ ތެރެއިން، […]

February 10, 2021

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ތިންވަނަ ދައުރުގެ ދެވަނަ ނައިބު ރައީސް އިންތިހާބުކުރައްވައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ތިންވަނަ ދައުރުގެ ނައިބު ރައީސާ އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތު 7 ޑިސެންބަރު 2020 ވަނަ ދުވަހުން މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާތީ، މި ޓްރައިބިއުނަލްގެ ތިންވަނަ ދައުރުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ޓްރައިބިއުނަލްގެ މެންބަރު އަލްފާޟިލް ޙުސައިން ޒައިދާން ޖަލީލު މިއަދު އިންތިހާބުކުރައްވައިފިއެވެ.

December 8, 2020

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 3 ވަނަ ދައުރަށް މެންބަރުން ޢައްޔަންކުރައްވައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2 ވަނަ ދައުރުގެ މުއްދަތު 28 ނޮވެމްބަރ 2020 ގައި ހަމަވުމާ ގުޅިގެން، ޤާނޫނު ނަމްބަރ 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ތިންވަނަ ދައުރުގެ މެމްބަރުކަމަށް، ތިރީގައިވާ ފަސް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ މިއަދު (29 ނޮވެމްބަރ 2020ގައި) އައްޔަން ކުރައްވައިފިއެވެ. އަލްއުސްތާޛު މުޙައްމަދު މުނައްވަރު ޢަލީ (ވެސްޓްބީޗް، އއ.މަތިވެރި) އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތު […]

November 29, 2020

ޓެކްސް އެޕީލް ޓްރައިބިއުނަލުން ބާއްވާ ޓެކުހުގެ މައްސަލަތައް އިސްތިއުނާފު ކުރުމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ނޭޝަނަލް ސެންޓަރ ފޯރ އިންފޮމެޝަން ޓެކްނޮލޮޖީ އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީއާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުން ބާއްވާ ޓެކުހުގެ މައްސަލަތައް އިސްތިއުނާފު ކުރުމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގެ ސެޝަނެއް 27 އޭޕްރިލް 2016 ދުވަހުގެ ރޭ ސ.ހުޅުދޫ، އަދި މީދޫގައި ބޭއްވުނެވެ. އަދި 28 އޭޕްރިލް 2016 ވާ ބުރާސްފަތި ދުވަހުގެ ރޭ ސ.މަރަދޫފޭދޫގައި ސެޝަނެއް ބޭއްވުމަށް ވަނީ ހަމޖެހިފައެވެ. މީގެ އިތުރުން ޓެކުހުގެ މައްސަލަތައް އިސްތިއުނާފު ކުރުމާ ބެހޭގޮތުން ބައްވާ އިތުރު […]

April 29, 2016

މައްސަލަ ހުށަހަޅާ

މައްސަލައިގެ ރިޕޯޓް