07 ފެބުރުވަރީ 2021 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ‘ލޯގޯ’ އިފްތިތާޙުކޮށް ރަސްމީ އައު ވެބްސައިޓް އާންމުކޮށްފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ލޯގޯ އަކީ، ޓްރައިބިއުނަލްގެ ލޯގޯ ފަރުމާކުރުމަށް މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބޭއްވި މުބާރާތުން އެއްވަނައަށް ހޮވިފައިވާ ލޯގޯ އެވެ. މި ލޯގޯ ފަރުމާކޮށްފައިވާ ފަރާތަކީ ބ. އޭދަފުށި އައިމާން ހަބީބެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އައު ވެބްސައިޓްވެސް 07 ފެބުރުވަރީ 2021 ގައި ވަނީ އާންމުކޮށްފައެވެ. ވެބްސައިޓުން ލިބެން ހުރި އައު ޚިދުމަތްތަކުގެ ތެރެއިން، ވެބްސައިޓް މެދުވެރިކޮށް، އޮންލައިންކޮށް މައްސަލަ ހުށައެޅޭނެ ‘ޕޯޓަލް’ އެއް ޤާއިމްކުރެވިފައިވެއެވެ. މި ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު މައްސަލަތައް ހުށަހެޅުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެއިތުރުން ވެބްސައިޓްގެ ލޭއައުޓަށް ގެނެވުނު ބަދަލުތަކާއެކު އާންމުންނަށް ވެބްސައިޓް ބޭނުންކުރުމުގައި އިތުރަށް ފަސޭހަވެގެންދާނެއެވެ.