2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ޓްރައިބިއުނަލް ރިސެސްއަށް ދިއުމަށް  މެންބަރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

ރިސެސްގެ މުއްދަތުގައި، ކޮންމެހެން ބާއްވަންޖެހޭ އަޑުއެހުމެއްކަމަށް މައްސަލައިގެ ބެންޗަށް ފެންނަ އަޑުއެހުންތައް މެނުވީ އެއްވެސް އަޑުއެހުމެއް ނުބާއްވާނެއެވެ. ނަމަވެސް މި މުއްދަތުގައި ޓްރައިބިއުނަލަށް މައްސަލަ ބަލައިގަތުމާއި، އަމުރު ނެރުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ވާހަކަ ދަންނަވަމެވެ.

 

23 ޑިސެންބަރު 2021