ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި ހުށަހަޅާ ފޯމު، އެ ނިންމުމެއް ނިންމި ކޯޓު ނުވަތަ ޓްރައިބިއުނަލަށް އިދާރީގޮތުން ހުށަހަޅަންޖެހޭގޮތަށް އޮތް އޮތުން ނިމުމަކަށް އައިސްފައިވާކަން، ދިވެހިރާއްޖޭގެ ހައިކޯޓުން މި ޓްރައިބިއުނަލަށް ކަށަވަރުކޮށްދެއްވާފައިވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި ހުށަހަޅާ ފޯމުތައް މި ޓްރައިބިއުނަލުން ބަލައިގަތުން ހުއްޓާލާފައިވާ ކަމުގައި ދެންނެވީމެވެ.

23 ނޮވެންބަރު 2022