ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު، 14 ޖޫން 2020 ވަނަ ދުވަހުން ފެށިގެން 18 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާފައިވީނަމަވެސް، އަދިވެސް ރައްޔިތުން ހާޒިރުވެގެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ހުޅުވާލެވިފައިނުވާތީ، މި ޓްރައިބިއުނަލްގެ ފުރަތަމަ އެންގުމުގައިވެސް ބަޔާންކޮށްފައިވާ ގޮތުގެމަތިން، މި ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމަށް ލިބިދޭ 30 ދުވަހުގެ މުއްދަތު ގުނުމުގައި، މިހާރު ސަރުކާރު ހުޅުވާ ދުވަސްތައްވެސް ނުހިމެނޭނެ ވާހަކަ ދަންނަވަމެވެ.

އަދި މި ޓްރައިބިއުނަލުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ރައްޔިތުން ހާޒިރުވެގެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ސަރުކާރުގެ އޮފީސްތައް ހުޅުވާލަންދެން، އިސްތިއުނާފުކުރުމަށް ލިބިދޭ މުއްދަތު ގުނުމުގައި ސަރުކާރު ހުޅުވާ ދުވަސްތައް ނުހިމެނޭނެ ވާހަކަ ދަންނަވަމެވެ.