ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުން ބާއްވާ ޓެކުހުގެ މައްސަލަތައް އިސްތިއުނާފުކުރުމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ 03 ވަނަ ސެޝަން 01 ޑިސެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ ރޭ ކ.މާފުށީގައި ބޭއްވުނެވެ. މި ސެޝަންގައި ޓްރައިބިއުނަލްގެ ފަރާތުން ބައިވެރިވެލެއްވީ ޓްރައިބިއުނަލްގެ ނާއިބު ރައީސާ އަލްއުސްތާޛާ ފާޠިމަތު މިންހަތު އިއްޒަތު، ސީނިއަރ ލީގަލް އޮފިސަރ ފާޠިމަތު ސަމާ، ސީނިއަރ އައިޓީ އޮފިސަރ އަޙްމަދު ބައްސާމް މުޙައްމަދު އަދި އެސިސްޓަންޓް ޓްރައިބިއުނަލް އޮފިސަރުންކަމުގައިވާ ޢާއިޝަތު ޢަބްދުﷲ ޙަމީދު އާއި ޢައިޝަތު ޝާނީ މުޙައްމަދުއެވެ.
މި ސެޝަންގައި ޓްރައިބިއުނަލްގެ މަސްޢޫލިއްޔަތު ތަކާއި، އިސްތިއުނާފުކުރުމުގެ މަރުހަލާ ކުރިއަށްގެންދާ ގޮތުގެ ތަފްސީލް މަޢުލޫމާތު މި ސެޝަންގެ ބައިވެރިންނަށް ފޯރުކޮށްދެވުނެވެ