ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މެންބަރުންގެ މަޤާމަށް، ތިރީގައިވާ ދެ ބޭފުޅުން 13 އޮކްޓޫބަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.
• އަލްއުސްތާޛު އިބްރާހީމް ޢަފީފު (ބ. ތުޅާދޫ، ގުލްބަހާރުގެ)
• އަލްއުސްތާޛާ ޝަވްފާ އިބްރާހީމް (ދ. މީދޫ، އަކިރިވިލާ)
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރެއިން، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން، ރައީސާއި ނާއިބު ރައީސް ކަމުގެ މަޤާމަށް ހޮވިވަޑައިގެންފައިވަނީ ތިރީގައިވާ ދެބޭފުޅުންނެވެ.
• ޓްރައިބިއުނަލްގެ ރައީސް އަލްފާޟިލް ޙަސަން ޒުހައިރު މުޙައްމަދު
• ޓްރައިބިއުނަލްގެ ނާއިބު ރައީސް އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް
21 ރަބީޢުލްއާޙިރު 1447ހ.
13 އޮކްޓޫބަރު 2025މ.